ޚަބަރު

6 ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން - ފޮޓޯ: ދެން އިމޭޖަސް

މާލެ ސިޓީ ކައުންސިލާއި އެކު އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިހާބުކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަންތައް މިއަދު ފަށައިފި އެވެ.

Ads by STELCO

މިއަދު ކުރިއަށްދާ ހަ ބައި އިލެކްޝަންގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގައި ހުސްވަފައިވާ ތިން މަގާމަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ، އެގޮތުން އެ އިންތިހާބުތަކުގެ ވޯޓުލުން ވަނީ މިއަދު ހެނދުނު 8 ގައި ފަށާފަ އެވެ. ދެން ވޯޓުލުން ނިންމާލާނީ ހަވީރު 4 ގަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ:

  1. ހެންވޭރު ހުޅަނގު ދާއިރާ: ޕީއެންސީގެ ފަރާތުން ފާތިމަތު ޝައުފާ ސަލީމް، އެމްޑީޕީގެ ފަރާތުން މުހައްމަދު އަލީ ޖިނާދު
  2. މައްޗަންގޮޅި މެދު ދާއިރާ: ޕީއެންސީގެ ފަރާތުން ފާތިމަތު އިޝާން އަލީ، އެމްޑީޕީގެ ފަރާތުން ހައްވާ ޝިފާނާ
  3. ހުޅުމާލެ ދާއިރާ: ޕީއެންސީގެ ފަރާތުން އަލީ އައިމަން، އެމްޑީޕީގެ ފަރާތުން އަހުމަދު ރަޝީދު (ތުތީ)

އެ ކައުންސިލްގެ މަގާމުތައް ހުސްވީ، އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން މިދިޔަ މަޖިލީސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވުމުން ނެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ އިތުރުން ތިން ރަށެއްގެ ކައުންސިލަށް ވެސް މެމްބަރުން އިންތިހާބުކުރުމަށްޓަކައި މިއަދު ބައި އިލެކްޝަން ކުރިއަށްއެބަދެ އެވެ. އެއީ ހދ. ކުޅުދުއްފުށީ ކައުންސިލާއޮޮ، ރަސްމާދޫ ކައުންސިލްގެ އަންގެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް ހޮވުމަށްބާއްވާ ބައި އިލެކްޝަންތަކެކެވެ. މި އިންތިހާބުތަކުގައިި މިފަހަރު ވާދަކުރަނީ:

  • ހދ. ކުޅުދުއްފުށީ ކައުންސިލް (އުތުރު ދާއިރާ): ޕީއެންސީގެ ފަރާތުން އިބްރާހީމް އަހުމަދު، އެމްޑީޕީގެ ފަރާތުން ޝަމްނޫޒް މުހައްމަދު ނައީމް
  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރު: ޕީއެންސީގެ ފަރާތުން ޝަމްލާ ވާފިރު، އަމިއްލަ ގޮތުން އާއިޝާތު ޝަރަފިއްޔާ
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް: ޕީއެންސީގެ ފަރާތުން އަރީޙް އިސްމާއީލް، އެމްޑީޕީގެ ފަރާތުން ޝާއިލް މާހިރު

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!