Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގައި އަރަބި ކިޔަވާދޭން އިންސްޓިޓިއުޓެއް ގާއިމުކުރަނީ

ރާއްޖޭގައި އަރަބި ކިޔަވާދޭން އިންސްޓިޓިއުޓެއް ގާއިމުކުރަނީ

އަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓިއުޓް" ގެ ނަމުގައި އިންސްޓިޓިއުޓެއް ގާއިމް ކުރުމަށް ގުޅިގެން ސަރުކާރުން މަޝްވަރާކޮށްފި އެވެ.

ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް އިސްޓިޓިއުޓެއް ގާއިމްކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައިވަނީ، ސަރުކާރުން ބުނިގޮތުގައި ސައުދި އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމަށްވާ، 'އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީ' އިން ނެވެ.

އެކަމާ ގުޅިގެން ޔުނިވާސިޓީގެ އިސްވެރިންނާއި ހަޔާ އެޑިއުކޭޝަންގެ އިސްވެރިން މަޝްވަރާ ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

Advertisement
Ooredoo — Truecaller (box)

މި ބައްދަލުވުމުގައި، ޔުނިވާސިޓީއިން ވަނީ އެ އިންސްޓިޓިއުޓް ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކޯސް އެކްރެޑިޓްކުރުމާއި ގުޅޭ މައުލޫމާތުތައް މިނިސްޓްރީއާ ހިއްސާކުރައްވާފަ އެވެ. އަދި މި އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ރާއްޖެއާއި ސައުދި އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ވެސް ދެ ފަރާތުންވަނީ ފާހަގަކުރެއްވި އެވެ.

އެ އިންސްޓިޓިއުޓާ ގުޅޭ އިތުރު މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް