Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްއެމްއޭ ގަވަރުނަރުކަމަށް މުނައްވަރު އައްޔަނުކުރަނީ

އެމްއެމްއޭ ގަވަރުނަރުކަމަށް މުނައްވަރު އައްޔަނުކުރަނީ

ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރަން ރައީސް މުއިއްޒު އަށް ލަފާދޭން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވާއިރު ރައީސް އޮފީހުން މިއަދު ބުނީ، ގަވަރުނަރުކަމުން ހާޝިމް ވަކިކޮށްފައިވާ ކަމަށެވެ.

ހާޝިމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 63 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

Advertisement
Allied — Dhen Online (box)

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާއިރު މުނައްވަރު ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް