ޚަބަރު

މައުމޫންގެ ދެކަނބަލުންގެ ކައިވެންޏަށް ބައިގަރުނަށްވުރެ ގިނަ އަހަރު

. ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް 55 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

Ads by Hajj Corporation

ދިގު 30 އަހަރުގެ ވެރިކަމެއް ކުރައްވާފައިވާ މައުމޫން ވަނީ ކައިވެންޏަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނުގެ ހުރިހާ ދަރިކަލުންނާއި، ދަރިކަނބަލުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް "އެކްސް" ގައި ހިއްސާކުރައްވާފަ އެވެ.

އުމުރުން 86 އަހަރުފުޅުގެ މައުމޫން ހިއްސާކުރެއްވި ކުރެއްވި ފޮޓޯގައި އެ މުނާސަބަތު ފާހަގަކުރުމަށް އަޅާފައިވާ ކޭކެއްވެސް ހިމެނެ އެވެ.

މައުމޫން، ނަސްރީނާއާ ބައްދަލުވެވަޑައިގެންނެވީ 1965 މިސްރުގައި ކިޔަވާ ވިދާޅުވާން އުޅުއްވިއިރު އެވެ. އޭރު މައުމޫންގެ އުމުރުފުޅުން 27 އަހަރުފުޅެވެ. އަދި ނަސްރީނާގެ އުމުރުފުޅުން 17 އަހަރެވެ. ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ 1969 ވަނަ މިސްރުގެ ކައިރޯގަ އެވެ.

އެ ކައިވެންޏަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، މިދިޔަ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން އެވެ.

މައުމޫން ވިދާޅުވެފައިވާ ގޮތުގައި އެހާ ގިނަ ދުވަހު ކައިވެނި ދެމެހެއްޓުމުގެ ސިއްރަކީ އެކަކު އަނެކަކަށް ލޯބިވުމާއި އިހްތިރާމުކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!