ޚަބަރު

ސަރުކާރުގެ ޓެކްސީގެ ޚިދުމަތަށް, ކާރު ދުއްވާނީ ފްލީލޭންސްކޮށް ޒުވާނުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުން މާލޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު ޓެކްސީ ލައިނެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.

Ads by MWSC

މި ނިންމުން ހާމަކޮށްފައިވަނީ މިއަދު ރޭ އިފްތިތާޙުކުރެވުނު "މާލެ ފަހި" ޕްރޮގްރާމުގައެވެ. މި ޕްރޮގްރާމުގައި ހާމަކުރެވުނު ގޮތުގައި، މާލެ ސަރަޙައްދަށް ތަޢާރަފުކުރުމަށް ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކުގެ ފްލީޓެކެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ސަރުކާރުން ތަޢާރަފުކުރާ ޓެކްސީތަކުގެ 25 އިންސައްތަ ހިއްސާކުރާނީ އިލެކްޓްރިކް އުޅަނދުތަކެވެ. މި ޓެކްސީތައް ދުއްވާނީ ފްރީލާންސް އުސޫލުން މަސައްކަތްކުރަން ޝައުޤުވެރިވާ ޒުވާނުންނެވެ. އަދި މި ޚިދުމަތާ ގުޅިގެން ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއްވެސް ތަޢާރަފުކުރެވޭނެއެވެ. ނަމަވެސް، މި ޚިދުމަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި އައު ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ، ސަލާމަތްތެރި އަދި އިތުބާރުހުރި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މީގެއިތުރުން، މި ނިންމުމަށް ވާސިލުވުމުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ ނަމޫނާ ބޭނުންކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މާލޭގައި ޓެކްސީގެ ޚިދުމަތް ބޮޑު އަގުގައި ފޯރުކޮށްދިނުމަކީ ދިގު މުއްދަތެއް ވަންދެން ދިމާވަމުން އައި މައްސަލައެކެވެ. މާލެ ސަރަޙައްދުގެ އެކި ހިސާބުތަކަށް ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށް، އެއަށްވުރެ މަތީ އަގުގައި ދަތުރުކުރާ މައްސަލަ ރައްޔިތުން އަބަދުވެސް ފާހަގަކުރަމުން އައިސްފައިވެއެވެ.

Ads by HDC
  1. އަލީބެ

    ގައުމުތައް ތަރައްގީކުރާގޮތް ދިވެހިން ބަލަންޖެހޭ. މައްސަލައަކީ ޓެކްސީއެއްނޫން. އަދިވެސް ޓެކްސީ މަދީ. އަސްލުމައްސަައަކީ ޓެކްސީއަށް ބޭނުންވާ މިންވަރު ދަށްކުރަން ނޭނގުން. މިސާލަކަށް ގިނައިންދާންޖެހޭ ސަރުކާރު އޮފީސްތަކާ ހޮސްޕިޓަލްތައް ބަސްރޫޓްތަކަށް ބަލައިގެން ހެދުމާއި އެފަދަ ހިސާބުތަކަށް ބަދަލުކުރުުގެ ވިސްނުން ނެތުން. ބައެއް އިމާރާތްތަކުން ޝިފްޓްވުމަކީ ކެރިވަޑައިގަންނަވާކަމަކަށްނުވުން.

  2. ވެންގަބޯ

    މިފަސް 5 އަހަރު ނިމުމުން ވެރިކަމުން ފައިބަން ޖެހޭނީ ދެން ޓެކްސީީ ޑުރައިވަރުން ނާއި ކުޅެން ނޫޅޭތި ތިއުކެނީ ކުޅަދުރު ހަތަޔަކަށް އޮއްގާ

  3. ކެޔޮލު

    ވެރިކަން ދިނީމާ ހިންގާކައް ނުއެނގުނުތާ، ގޭގަމަޱުކޮއްލުން ވަރައް އިހްތިރާމާއެކު ދަންނަވަން.