Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
މުނިފޫހިފިލުވުން

ސާޔާ ގެ ޓްރެއިލާ: ފިލްމުގެ ވިލަން އަކީ ކާކުބާ؟

ސާޔާ ގެ ޓްރެއިލާ: ފިލްމުގެ ވިލަން އަކީ ކާކުބާ؟

‎އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ދިވެހި ބިރުވެރި ފިލްމު "ސާޔާ" ގެ ޓްރެއިލާ އިއްޔެ އާންމު ކޮށްފި އެވެ.

ފިލްމުގެ ޓްރެއިލާ އިން ބިރުވެރި ކަމާއި، ނާމާންކަން އިހުސާސު ވިއެވެ. އަދި މި ޓްރެއިލަރ އިން ވަނީ ލޯތްބާއި ބައެއްގެ ތެރޭގައި އޮތް ނަފްރަތު ވެސް ފެނިގެން ގޮސްފަ އެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ހަމަޖެހިފައިވާ "ސާޔާ" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ފެނެ އެވެ.

Advertisement
Ooredoo — Square (box)

https://www.youtube.com/watch?v=JT3aODhqdrQ

ފިލްމުގެ ސްކްރީންޕްލޭ ލިޔެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ވެސް ޔޫއްޕެ އެވެ. ކެމެރާކުރީ ޝިމާޒް އަބްދުﷲ (މާސްކޭ) އެވެ. އަދި ފިލްމުގެ ޑިޒައިނިންގެ އެންޑް އެނިމޭޝަން އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ ހުސައިން ސިނާން އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޝައި ޕްރޮޑަކްޝަން ހައުސް އިންނެވެ.

މީގެ ކުރީން ޝައި ޕްރޮޑަކްޝަން އިން ވަނީ ބިރުވެރި ކޮމެޑީއެއް އުފައްދައިފަ އެވެ. އެއީ "ފޯޓީ ޕްލަސް" އެވެ. މިއީ އެ ސްޓޫޑިއޯ އިން އުފައްދާ ލޯބީގެ ބިރުވެރި ފުރަތަމަ ފިލްމެވެ.

‎ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނި ގޮތުގައި ފިލްމުގެ ޓިކެޓް އިއްޔެއިން ފެށިގެން ވަނީ ވިއްކަން ފަށައިފަ އެވެ.  ޓިކެޓް ވިއްކަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ ޓިކެޓް ގަނެފަ އެވެ. ޝަފީގު ވަނީ ބެލުންތެރީންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް