ޚަބަރު

ޒުވާން އައިކުއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާ އެމްޑީޕީގެ ގަލޮޅު އުތުރަށް މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ބޭއްވި އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބޮޑުތަނުން ކާމިޔާބުކޮށް, އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް އިންތިޚާބުވެއްޖެއެވެ.

Ads by Sosun Fihaara

މާރިޔާ ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓެއް ކަމަށްވާ އައިކު އަހްމަދު އީސާއެވެ. އިންތިޚާބުގައި އައިކުއަށް ލިބިވަޑައިގަތީ 28 ވޯޓެވެ. މާރިޔާ ވަނީ 89 ވޯޓް ހޯއްދަވާފައެވެ.

މި އިންތިޚާބު މާރިޔާ ކާމިޔާބު ކުރެއްވިއިރު, މާރިޔާ ފާހަގަވެެގެން ގޮސްފައިވަނީ, އެމްޑީޕީ ސަރުކާރު ބަދަލުވެ, ޖެހިގެން އައި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ގޮނޑި ހޯދުމަށް މަސައްކަތް ކުރެއްވި މަދު ބޭފުޅުންގެ ތެރެއިން އެކަކަށެވެ.

މިއަދު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ މިހާރު އިއުލާން ކުރަން ފަށާފައިވާއިރު, އެންމެ ވާދަވެރިކަން ބޮޑުވި މާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ މާލޭގެ މޭޔަރު, އާދަމް އާޒިމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!