Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވެލިފުންޏަކަށް އަރައި މީހަކަށް އަނިޔާވެއްޖެ

އައްޑޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވެލިފުންޏަކަށް އަރައި މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގެ ވެރިރަށް ހިތަދޫ ގައި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވެލި ފުންޏަކަށް އަރައި އެ ދުއްވަން އިން މީހާއަށް އަނިވާގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، އެކަމެއް ހިނގި ރޭ 11:49 ހާއިރު ހިތަދޫގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް, މަގު ކޮނެފައިވާ ހިސާބުގައި ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ވެލި ފުންޏަކަށް އެރުމުން ކަމަށެވެ.

Advertisement
HDC — Sidebar (box)

އެކްސިޑެންޓުގައި ސައިކަލު ދުއްވި 23 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގައި މި ފަދަ އެތައް އެކްސިޑެންޓްތައް މީގެ ކުރިން ހިނގާފައިވާއިރު އަނިޔާވި ބައެއް މީހުންނަށް ފަރުވާދެނިކޮށް މަރުވެފައިވެސް ވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް