ޚަބަރު

ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި މުވައްޒަފުގެ ބަންދަށް 15 ދުވަސް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގި މައްސަލާގައި ހައްޔަރުކުރި އެ އެއާޕޯޓުގައި މަސައްކަތްކުރާ އިންޑިއާ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

Ads by Sosun Fihaara

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ މާރާމާރީއަކީ މަރުތޭލައެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީއެކެވެ.

ފުލުހުން އެ ރޭ ބުނީ ހަނިމާދޫ އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ އެ ރޭ 8 ޖަހާ ހާއިރު ކަމަށެވެ.

އެ ދެ މީހުން ހިންގި މި މާރާމާރީގައި އޭގެ ތެރެއިން އެކަކަށް އަނިޔާވެ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި އެ މާރާމާރީގައި އަނިޔާވެފައިވަނީ 39 އަހަރުގެ އިންޑިއާ ފިރިހެނަކަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!