ޚަބަރު

އޯލެވެލް ނިންމާ ކުދިންނަށް މިނިސްޓްރީގައި ވޮލެންޓިއާ ކުރުމުގެ ފުރުސަތު ދެނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީއެއްގައި

ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވޮލެންޓިއާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

މިނިސްޓްރީގައި ވޮލެންޓިއާކޮށް މަސައްކަތްކުރުމަށް ހުޅުވާލީ، ކިޔަވާ ނިމިގެން ވަޒީފާގެ މާހައުލަށް އަންނަން ބެނުންވާ ދަރިވަރުންނަށް، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމާ  އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުމެވެ.

މި ފުރުސަތުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާގެ ސެޓްފިކެޓެއް ވެސް ލިބޭއިރު، މަސައްކަތް ކުރެވޭނީ 3 މަސް ދުވަހުގެ މުއްދަތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު އެއަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މިނިސްޓްރީއަށް ލިޔެކިއުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަަނީ 07 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި، ވޮލެންޓިއާކޮށް މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާހަގަކޮށް ހުށަހަޅާ ލިޔުން، ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ ހިމެނެ އެވެ. އަދި ހުށަހަޅާ ފަރާތަށް 18 އަހަރު ފުރިފައި ނުވާނަމަ، ވޮލެންޓިއާކޮށް މަސައްކަތްކުރުމާ މެދު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހެ އެވެ. .

ވޮލެންޓިއާކޮށް މަސައްކަތްކުރުމަށް އެދޭ ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ހުށައެޅޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!