Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެލްޖީއޭގެ ސީއީއޯއަކަށް މާލެ އަތޮޅުގެ ކުރީގެ ރައީސް ނިމާލް އައްޔަންކުރައްވައިފި

އެލްޖީއޭގެ ސީއީއޯއަކަށް މާލެ އަތޮޅުގެ ކުރީގެ ރައީސް ނިމާލް އައްޔަންކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމަށް މާލެ އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް އަދި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު އައްޔަންކުރައްވައިފި އެވެ.

ނިމާލް އެ މަގާމަށް އައްޔަންކުރައްވާފައި މި ސަރުކާރުން އެލްޖީއޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އެ މަގާމުން ވަކިކުރުމަށްފަހު ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވުމަށް ފަހު އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ނިމާލް ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ ހުސްވި އަހަރު ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

Advertisement
Allied Insurance — Square (box)

އެލްޖީއޯގެ ސީއީއޯގެ މަގާމަށް ނިމާލް އައްޔަންކުރައްވާފައިވާއިރު ފެނަކައިން އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުން މިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލަތަކެއްގައި އޭނާގެ މައްޗަށް ދައުވާތަކެއްވެސް ވަނީ އުފުލާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް