Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބެންކޮކް ހޮޓަލެއް ތެރޭ ދިވެއްސަކު މަރުވެފައިވާ އޮއްވާ ފެނިއްޖެ

ބެންކޮކް ހޮޓަލެއް ތެރޭ ދިވެއްސަކު މަރުވެފައިވާ އޮއްވާ ފެނިއްޖެ

ތައިލެންޑްގެ ވެރިރަށް, ބެންކޮކްގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ތ ތިމަރަފުށީ، މުއާވިއަތު މޫސާ އެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ ހޮޓަލެއްގެ ތެރޭގައި އޭނާ މަރުވެފައިވާ އޮއްވާ ފެނިފައިވާކަން ފޮރިން މިނިސްޓްރީން އާއިލާއަށް އަންގާފައިވާ ކަމަށެވެ. އޭނާ ބުނީ މުއާވިއަތު އަކީ ގާތްގަނޑަކަށް 30 އަހަރުގެ ޒުވާނެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މިނިސްޓްރީން ގުޅާފައި ބުނީ އެއް ދުވަސްވެއްޖެޔޭ މަރުވެފައި އޮންނަތާ" މައުލޫމާތު ހިއްސާކުރި މީހަ ބުންޏެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މީގެ ހަފްތާއެއް ކުރިން މުއާވިއަތުއާ ބައްދަލުވެފައިވާ ކަމަށެވެ. އެކަމަކު ބެންކޮކްއަށް ދިޔަ ދުވަހެއް ސީދާ ބުންނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް