ޚަބަރު

ބެންކޮކްގައި މަރުވި ދިވެހި މީހާގެ ޕޯސްޓްމޯޓަމް ހަދައިފި

. ، ދެން އޮންލައިން
ބެންކޮކް މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: ރަފްގައިޑްސް.ކޮމް

ގިނަ އަދަދެއްގެ ދިވެހިން ދަތުރުކޮށް އުޅޭ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮޓަލެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި މީހާގެ ޕޯސްޓުމޯޓަމް ހަދައިފި އެވެ.

Ads by Sosun Fihaara

ބެންކޮކް ހޮޓަލެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ތ. ތިމަރަފުށީ އަށް ނިސްބަތްވާ މުއާވިޔަތު ނަމަކަށް ކިޔާ ޒުވާނެކެވެ. ފޮރިން މިނިސްްޓްރީއާ ހަވާލާދީ އެ އާއިލާއިން ވާހަކަ ދެއްކި މީހަކު "ދެން އޮންލައިން" އަށް ބުނީ މުއާވިޔަތުގެ ހަށިގަނޑު ފެނުނީ މަރުވެފައި އޮންނަތާ އެއް ދުވަސް ފަހުން ކަމަށެވެ.

އެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން މިއަދު ހަވީރުގެ ވަގުތެއްގައި ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހަދާފައިވާއިރު، އޮޓޮޕްސީ ރިޕޯޓް މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މީހާ ބުނީ، މުއާވިޔަތު ތައިލެންޑަށް ގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އެންމެ ފަހުން މުއާވިޔަތުއާ ވާހަކަ ދެކެވުނީ އެ ދުވަހުގެ ރޭގަނޑު ވަގުތެއްގައި ކަމަށްވެސް އެ މީހާ ބުންޏެވެ. އޭނާ އެނބުރި ރާއްޖެ އަންނަ ޓިކެޓް ނަގާފައި އޮތީ މާދަމާ އެވެ.

އެނގިފައިވާ ގޮތުން މުއާވިޔަތު އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!