މިނިސްޓަރު މާރިޔާ ތުރުކީއަށް ވަޑައިގަންނަވައިފި
ތުރުކީ ސަރުކާރުގެ ދައުވަތަކަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެ ގައުމުގެ އަންކާރާއަށް ވަޑައިގަންނަވައިފި އެވެ.
އިއްޔެ ފެށި އެ ދަތުރުގައި މިނިސްޓަރު މާރިޔާ އަރިހުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޝީ އަދި ޕާމަނަންޓް ސެކެޓްރީ އައިމިނަތު ހިކްމާ ބައިވެރިވެވަޑައިގަންނެވި އެވެ.
ސަރުކާރުން ބުނީ އެ ދަތުރުގައި މިނިސްޓަރު މާރިޔާ ތުރުކީގެ މަގްބޫލު ޔުނިވާސިޓީތަކާއި އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްވެރިންގެ އިތުރުން ތުރުކީ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ތުރުކީގެ އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ ދަށުން މަސައްކަތްކުރާ ކޭއޯއެސްޖީއީބީއާއި ޓުއަރިޒަމް މިނިސްޓަރާއި ހަޔާ އެޑިއުކޭޝަން ކައުންސިލްއާއި އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްވެރިންނާ މާރިޔާ ބައްދަލުކުރައްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރީއިން އަންނަނީ ރާއްޖެގެ މަތީ ތައުލީމް އެހެން ހަރުފަތަކަށް ގެންދެވުމަށާއި ހުނަރުވެރި ޖީލެއް ބިނާކުރުމަށް ބޭރުގެ ގިނަ ޔުނިވާސިޓީތަކާއެކު މަޝްވަރާކުރައްވަމުނެވެ. އަދި މި ފަދަ މަޝްވަރާތަކަށްފަހު އެކި ގައުމުތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތުތައްވެސް އަންނަނީ ތަނަވަސްކޮށްދެމުންނެވެ.