ޚަބަރު

ފުޓްބޯޅަ ކުޅުއްވަނިކޮށް މިނިސްޓަރު އަސްވާޑުގެ އުޅަނބޮށި ހުޅުން ނެއްޓިއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)

ފުޓްބޯޅަ ކުޅުއްވަނިކޮށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ގެ ކަނާއަތުގެ އަތް ހުޅުން ނެއްޓި އަނިޔާވެއްޖެ އެވެ.

Ads by Hajj Corporation

ޔޫތު މިނިސްޓްރީގެ މުވައްޒަފަކު "ދެން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ، މިނިސްޓަރަށް އަނިޔާވެވަޑައިގެންނެވީ ޒުވާނުންގެ ދުވަހާ ގުޅިގެން ރޭ ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުޅުނު މެޗެއްގެ ތެރެއިން ކަމަށެވެ.

އެއީ ސަރުކާރު އޮފީސްތަކުގެ މެދުގައި މިހާރު ކުޅެމުންދާ މުބާރާތުގެ މެޗެއްގަ އެވެ.

މިނިސްޓަރަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އެ މުވައްޒަފުން ބުންޏެވެ. އަދި މިނިސްޓަރުގެ ހާލުވެސް ރަނގަޅެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!