Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިއްސާރާގައި މާލެ ސިޓީގެ 200 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

ވިއްސާރާގައި މާލެ ސިޓީގެ 200 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ވެއްޖެ

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ހުއްޓާނުލައި ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލެ ސިޓީގެ 200 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ފެންވަދެ ގެއްލުން ލިބިގެން މިރޭ ހަތެއް ޖެހުމާ ހަމައަށް އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވަނީ ޖުމުލަ 231 ގެއަކުންނެވެ.

މިރޭ އަށެއް ޖެހުމާ ހަމައަށް 252 އާއިލާއަކުން އެހީއަށް އެދިފައިވާ ކަމަށް ވެސް އެންޑީއެމްއޭން ބުންޏެވެ. އަދި ތިން އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

Advertisement
HDC — Sidebar (box)

މިއަދު ހެނދުނު 11 ޖަހާކަންހާއިރު ބޯކޮށް ވާރޭ ވެހެން ފެށިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް މިހާރު ވަނީ ފެންބޮޑުވެފަ އެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދަން އެމްއެންޑީއެފުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް