Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލޭ ގައި 5 ފުޓްސަލް ދަނޑުގެ ކޮންޕްލެކްސެއް އަޅަނީ 

ހުޅުމާލޭ ގައި 5 ފުޓްސަލް ދަނޑުގެ ކޮންޕްލެކްސެއް އަޅަނީ 
5 ފުޓްސަލް ދަނޑު ހިމެނޭ ކޮންޕްލެކްސެއް ހުޅުމާލޭގައި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިސްޓަރު އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު  މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރައްވާފައިވަނީ ބ. ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ އިތުރުން ފުޓްސެލް ދަނޑެއް އަދި ހޭންޑްބޯލް ކޯޓެއް އެޅޭނީ ކޮންއިރަކުންތޯ ސުވާލުކުރެއްވުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. ވަޒީރާ ސުވާލުކުރުމުގެ ފުރުސަތު ގައި ގަލޮޅު އުތުރު ދާއިރާ އެމްޑީޕީ މުހައްމަދު އިބްރާހިމް( ކުޑޫ) ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ކޮންމެ އަވަށެއްގައިވެސް ކުޅިވަރު ދަނޑެއް އޮތަސް ގަލޮޅުގައި ކުޅެލާނެ ތަނެއް ނެތް ކަމަށެވެ. އަދި އެފަދަ ތަނެއް ގަލޮޅުގައި ހެދޭނީ ކޮންއިރަކުތޯ މެންބަރު ސުވާލުކުރެއްވި އެވެ.
"އަޅުގަނޑުމެން ކުޑަކޮށް ބަލާލިއިރު އެބަ ހުރި ބިން ވެސް"
ރާފިއު ވިދާޅުވީ ދިވެހި ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ވަރަށް ބޮޑު ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އިންޑޯ ޕްޓްސަލް ކޮންޕްލެކްސްއެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ކޮންޕްލެކްސް އަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ތެރޭގައި ހިމެނިގެންދާ މަޝްރޫއެއް ކަމަށް ރާފިއު ވިދާޅުވި އެވެ.
"ހުޅުމާލެ ސަރަހައްދުގައި 5 ދަނޑުގެ ކޮންޕްލެކްސްއެއްގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. އެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ދާނެ"
ރާފިއު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން މާލެއަށް ތޮއްޖެހުން ކުޑަވެ, ކުޅިވަރު ކުޅޭ ތަންތަނަށް އަންނަ "ލޯޑް" ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި އިތުރު ކުދިންނަށް މާލޭގެ ދަނޑުތަކުގައި ކުޅޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް ރާފިއު ވިދާޅުވި އެވެ. ރާފިއު ވިދާޅުވީ މިދިޔަ ސަރުކާރުގައި ތައިސޭ ކޮށީގައި ދެ ފުޓްސަލަ ދަނޑު ހެދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މިނިސްޓްރީން ދަނޑު ހަދަން ބޭނުންވާ ތަކެތި ހަވާލުކޮށްގެން އެތަނުގައި އެއް ދަނޑު ސިޓީ ކައުންސިލުން ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އެތަނުގައި އެއް ދަނޑު ހަދާ ގޮތަށް ވާހަކަދެކެވިފައިވާ ކަމަށާއީ ބިން ލިބިއްޖެނަމަ އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާފިއު އެހެން ވިދާޅުވެފައިވާއިރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދެ އިންޑޯ ކޮމްޕްލެކްސް ތަރައްގީކުރަން ހުޅުމާލެއިން ބިން ދޫކުރި އެވެ. އެގޮތުން ފުޓްސަލް އިންޑޯއަށް 54،992 އަކަފޫޓުގެ ބިމެއް ދޫކޮށްފައި ވަނީ ފޭސް ދޭއްގެ ހިޔާ 16 ވަނަ ޓަވަރުގެ ގެ އުތުރުން ކުރިމަތީގައި އޮންނަ ބިމުންނެވެ. އަދި ނެޓްބޯޅަ އިންޑޯ ކޮމްޕްލެކްސްއެއް ތަރައްގީކުރަން 50،142 އަކަފޫޓުގެ ބިން ދޫކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކެއްގެ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ބިމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް