ދުނިޔެ

ޠާލިބާނުން 1.4 މިލިއަން އަންހެން ކުދިން ތަޢުލީމުން މަޙްރޫމްކޮށްފި: އދ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ވެރިކަމަށް އައި ޠާލިބާނުން ގަސްތުގައި 1.4 މިލިއަން އަންހެން ކުދިން ސްކޫލް ތަޢުލީމުން މަޙްރޫމްކޮށްފައިވާކަމަށް އދ އިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އދ ގެ އަފްޣާނިސްތާނުގެ އެހީތެރިކަމުގެ މިޝަން (ޔުނާމާ) އިން ނެރުނު ރިޕޯޓެއްގައެވެ.

Ads by Sosun Fihaara

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރުގެ އޯގަސްޓް މަހު ޠާލިބާނުން ވެރިކަމަށް އައުމަށްފަހު، 6 ވަނަ ގްރޭޑުން މަތީ ކްލާސްތަކުގައި ކިޔަވާ އަންހެން ކުދިންނަށް ސްކޫލަށް ދިއުން މަނާކޮށްފައިވެއެވެ. މި ނިންމުމުގެ ސަބަބުން މިހާރު 1.4 މިލިއަން އަންހެން ކުދިން ތަޢުލީމުން މަޙްރޫމްވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އދ ގެ އަފްޣާނިސްތާނުގެ ޚާއްޞަ މަންދޫބު ރޯޒާ އޮޓުންބާޔެވާ ވިދާޅުވެފައިވަނީ، މި ހާލަތުގައި އަންހެން ކުދިންނަށް ތަޢުލީމު ލިބުމުގެ ޙައްޤު ނިގުޅައިގަތުމަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޠާލިބާނުން މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ކުރިން އެ ޖަމާޢަތުން ބުނެފައިވަނީ އަންހެނުންގެ ތަޢުލީމާ ގުޅޭ ސިޔާސަތުތައް މުރާޖަޢާކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!