ޚަބަރު

ގަމުގައި ބޮގަރު ކެއްކި ދެ މީހުންގެ ވަނަވަރު އާންމުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ބަނގުރާ ކެއްކިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން

ލ. ގަމުގައި ބޮގަރު ކެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

Ads by Sosun Fihaara

އެ މައްސަލާގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ގަން ތުނޑި ވިލެޖް ގެއިން އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ

1. ލ.ގަމު/ތުނޑި، ވިލެޖް، އަހުމަދު ޝުޖާއު (42އ)

2. ލ.ގަމު/ ތުނޑި، ފަންހިޔަނި، އަލީ ޝަރީފް (57އ)

އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ވިޔަފާރި އަދި ބޮގަރު ކައްކައިގެން އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ގެއިން  24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާ ބޮގަރު ކަމަށް ޝައްކުކުރެވޭ 2 ރުނބާ އަދި 5 ލީޓަރު ފުޅިއަކާއި އަދި ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައި ވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!