Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސަލާމަތީ ބާރުތަކުން އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރަން ރައީސް ނިންމަވައިފި

ސަލާމަތީ ބާރުތަކުން އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރަން ރައީސް ނިންމަވައިފި

ސަލާމަތީ ބާރުތަކުން އެތެރެކުރާ ސާމާނުތަކުން ޑިއުޓީ މާފު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ެއިމްޕޯޓް އެކްސްޕޯޓް ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާފައި އޮންނަ އިމްޕޯޓް ޑިއުޓީ މާފު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލު ގެނެސް ވަނީ ގެޒުޓުކޮށްފަ އެވެ.

ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ ބަދަލުގައި ބުނަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ސަލާމަތީ ހިދުމަތްތަކުން އެތެރެކުރާ ތަކެތި ޑިއުޓީ މާފު ވާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ސަލާމަތީ ޚިދުމަތްތަކުގެ ގޮތުގައި ރާއްޖޭގައި ހުރި އިދާރާތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސް އާއި ކަރެކްޝަންސް ފާހަގަކޮށްލެވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް