ޑްރަގާ އެކު ކާށިދޫ މިސްކިތު މުދިމް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއް ގައި ކ. ކާށިދޫ މިސްކިތު މުދިމް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ މުދިމަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މަސްތުވާތަކެތީގެ ތުހުމަތު ގައި އެ މުދިމް މީހާ މީގެ ކުރިން ސަސްޕެންޑްވެސް ކުރި ކަމަށެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުދިމާ️. ކިހިނެއް ތިޔަ އިޅުއްވަނީ
މުދިމް އެއުޅުއްވަނީީ ޗާޓުންބޭރުގައިިި!
އޭނޫން މީ ހަމަ ހައިރާންވެއްޖެ (ލޮލް)