ޚަބަރު ސިއްޙަތު

އެމްޕޮކްސް ރާއްޖެ އަތުވެދާނެ ހާލަތަކަށް ބަލައި އެޗްޕީއޭ އޮތީ ތައްޔާރަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އަތުވެދާނެ ހާލަތަކަށް ބަލައި އެމްޕޮކްސް އަށް ޓެސްޓް ކުރަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by Sosun Fihaara

ދުނިޔޭގެ ފެތުރެމުންދާ އެމްޕޮކްސް އާ ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބަލި ފެތުރެމުންދާ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމަށް ވިނަމަވެސް އެހެނިހެން ގޮތްގޮތުން ވެސް ބަލި ފެތުރެމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަލި ޖެހޭ ގޮތްތައް ކަމަށް ބުނެފައި ވަނީ:

  • ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެެއިން ނުކުންނަ ދިޔައިގައި ޖެހުމުން
  • ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
  • ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
  • ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓްވުމުން

އެމްޕޮކްސްގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން އަދި ހަމުގައި ބިހިނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވެ އެވެ. ނަމަވެސް ބަލީގެ ހާލަތަށް ބަލައި ހޮސްޕިޓަލުން ފަރުވާދޭން ޖެހޭ ހާލަތަށް ދެ އެވެ.

މި ބައްޔަށް ހާއްސަ ފަރުވާއެއް ހޯދިފައެއް އަދި ނުވެ އެވެ. މިހާރު ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައި ފޯރުކޮށްދެނީ ސަޕޯޓިވް ފަރުވާއެކެވެ.

އެޗްޕީއޭ އިން ބުނީ ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާ އެކު ބަލީގެ ހާލަތު މޮނިޓަކޮށް ބައްޔާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ބައްޔަށް ޓެސްޓް ކުރުމާއި ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ،"

ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުމާއި ސާވެއިލަންސް ހަރުދަނާ ކުރުމުގެ ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!