ޚަބަރު

މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި

. ، ދެން އޮންލައިން
ހެލްތް މިނިސްޓަރު ޑރ ހަލީލް / ފޮޓޯ: ހެލްތް

ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ފްލެޓެއް ބައްލަވައިގެންފި އެވެ.

Ads by STELCO

ހަލީލް، ފްލެޓް ބައްލަވައިގަތީ ހުޅުމާލޭ އެފްޑަބްލިއު ރެސިޑެންސް އިންނެވެ.

މިނިސްޓަރު ހަލީލް އެ ފްލެޓު ބައްލަވައިގަތީ 3،167،687.04ރ އަށެވެ. ބައްލަވައިގަތީ 1235.42 އަކަފޫޓްގެ ފްލެޓެކެވެ.

އެ ފްލެޓުގެ އަގަށްވާ ފައިސާ ހަލީލް ހައުސިން ޑިވޮލޮޕޮމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވާތީ އެ ފްލެޓް، މިނިސްޓަރު ހަލީލަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން މި މަހުގެ 7 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.

ހަލީލް އަކީ ނިލަންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!