ޚަބަރު

ރޭ ކުރި ވިއްސާރައިގައި އުތުރުގެ 4 ރަށެއްގެ 69 ގެއަކަށް ގެއްލުންވެއްޖެ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފެންބޮޑުވި ރަށެއްގައި ފެން ހިންދަނީ/ ފޮޓޯ: އެންޑީއެމްއޭ

ރޭ ރާއްޖެއަށް ކުރި ވިއްސާރާ ގައި އުތުރުގެ 4 ރަށެއްގެ 69 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

Ads by MWSC

ގެއްލުން ލިބިފައިވަނީ ހއ. ހޯރަފުއްޓާއި ކުޅުދުއްފުށި ސިޓީއާއި ށ. ފީވަށް އަދި ށ. ނޫމަރާ ގެތަކަށެވެ.

އެންޑީއެމްއޭއިން ބުނީ ހއ. ހޯރަފުށީ 2 ގެއަކަށާއި، ހދ ކުޅުދުއްފުށީގެ 57 ގެއެއްގެ އަދި ށ. ފީވަކުގެ 5 ގެއެއްގެ އިތުރުން ށ. ނޫމަރާގެ 5 ފެންވަދެގެން ގެއްލުން ލިބިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ކުށުދުއްފުށީ ސިޓީގެ 5 ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ށ އަތޮޅަށް ރޭ 8:30 އިން 10:30 އަށް އޮރެންޖް އެލާޓްވެސް ނެރުނެވެ. އަދި ރޭ 8:15 އިން ދަންވަރު 1:00 އާ ހަމައަށް ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރުނެވެ.

އެއަށްފަހު މިއަދު ހެނދުނު 7 ޖެހުމުގެ ނިޔަލަށް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!