ޚަބަރު

ވޯކްޝޮޕް ގައި ރޯވުން: މީހަކު ފިހިގެން ފަރުވާދެނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ކ. ތިލަފުށީ ގުދަނެއްގައި މިއަދު ހެނދުނު ހިނގި އަލިފާނުގައި ހާދިސާގައި މީހަކު ފިހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

Ads by STELCO

މެރިންޑޯ މެރިންވޯކްސް ނަމަކަށް ކިޔާ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށްދާއިރު ދާދި ދެންމެ އެކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ ފިހިގެން ފަރުވާދެނީ ދިވެއްސަކަށް ކަމަށެވެ. އެ މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ދިވެއްސަކަށް ދުމުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަަލަށް ގެންގޮސްފައިވޭ - މީޑިއާ އޮފިޝަލް

މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާާން ކޮންޓްރޯލްވެފައިވީ ނަމަވެސް އަދި އެއްކޮށް ނިއްވާ ނުލެވޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާން ރޯވި ގަޑީގައި ވޯކްޝޮޕް ތެރޭގައި މެރިންޑޯގެ 30 ވަރަކަށް މުވައްޒަފުން ތިިިބި އެވެ. އެ އެންމެންވެސް ސަލާމަތްކަމާއެކު ވޯކްޝޮޕުން ވަނީ ނެރެފަ އެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!