Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާންމު ސިއްހަތުގެ ގާނޫނާ ހިލާފުވެގެން 14 ތަނެއް ބަންދުކުރި

އާންމު ސިއްހަތުގެ ގާނޫނާ ހިލާފުވެގެން 14 ތަނެއް ބަންދުކުރި
އާންމު ސިއްހަތުގެ ގާނޫނާ ހިލާފުވެގެން މިދިޔަ 8 މަސް ތެރޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ 14 ތަނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާއި ބެހޭ ގާނޫނާއި ގުޅޭ ގޮތުން އެޗްޕީއޭއާ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވިދާޅުވީ އެތަންތަން ބަންދަކުރީ އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ދަށުން ކަމަށެވެ. "...މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް އައިރު 1579 ތަނެއް ބަލައި ފާސްކުރެވިފައިވޭ. އޭގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ 14 ތަނެއް ބަންދުކޮށްފައިވާކަން ފާހަގަކޮށްލަން. އެއީ ގާނޫނު އޮތް ގޮތުން ރަޖިސްޓްރީ ކޮށްފައި އޮންނަ ތަންތަނަށް ވަދެވޭހެން އޮންނަނީ" ރަޖިސްޓްރީނުކޮށް ހުރި ތަންތަން އިންސްޕެކްޓް ކުރެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ހަލީލް ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ބަންދުކުރި ތަންތަނުގެ ތެރެއިން 13 ތަނެއް މިންގަނޑަށް ފެއްތުމަށް ފަހު އަލުން ހުއްދަ ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ތަން ހުޅުވުމުގެ ހުއްދަ އަދި ދޫކޮށްފައިނުވާ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ތަނެއްގެ ނަން މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ. މި އަހަރުގެ މިހާތަނަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަން ކުޑަވެގެން 136 ޝަކުވާ ލިބިފައިވާ ކަމަށް ހަލީލް ފާހަގަކުރެއްވި އެވެ. ރަޖިސްޓްރީނުކޮށް "ސިއްރުން" ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ މައްސަލަ ބޮޑު ކަމަށް ހަލީލް ވިދާޅުވި އެވެ. އެކަމުގައި ގިނައީ ބިދޭސީން ކަމަށް ވިދާޅުވި އެވެ.
"އާންމުކޮށް މިކަން ގުޅިފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބޭރު މީހުންނާ، ރަޖިސްޓްރީ ކޮށްގެން ހިންގާ ތަންތަނަށް ވުރެން"
ހަލީލް ދެއްވި ޔަގީންކަމަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ކާބޯތަކެތީގެ ތަންތަން ރަނގަޅަށް މޮނިޓާކުރަމުންދާނެ ކަމެވެ. އަދި އެތަންތަނުގެ މައްސަލަތައް ފަސޭހައިން ހައްލުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް