ޚަބަރު

ބުޅާ މަހުން ކާތަކެތި ހެދި ކަމެއް އަދި ކަށަވަރެއް ނުވޭ: މިނިސްޓަރު 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހެލްތް މިނިސްޓަރު ޑރ ހަލީލް / ފޮޓޯ: ހެލްތް

ބުޅާ މަހުން ކާތަކެތި ހެދި ބަންގްލަދޭޝް މީހެއްގެ މައްސަލަ ފެންމަތިވެފައިވާއިރު އެ މީހާ ބުޅާ މަހުން ކާތަކެތި ތައްޔާރުކުރިކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ހަލީލް އެހެން ވިދާޅުވީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ހެދި ކަމަށް ބުނާ މައްސަލަ ފެންމަތިވެ އެ މައްސަލާގައި ހިމެނޭ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން (32އ) އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަންގާރަ ދުވަހެވެ.

ހަލީލް ވިދާޅުވީ ބުޅާ މަަރައި އޭގެ މަހުން ކާތަކެތި ތައްޔާރުކުރި މައްސަލަ ޖިނާއި މައްސަލައެއްގެ ގޮތުގައި ކަމާއި ބެހޭ އިދާރާތަކުން ތަހުގީގުކުރަމުންދާއިރު އެކަމާ ގުޅިގެން އަދި އެއްވެސް މައްސަލައެއް ހެލްތް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި އެއްވެސް ބާވަތެއްގެ ރިޕޯޓެއް ނުއެއް ނެތް ޕަބްލިކް ކޮންޕްލެއިންނެއްގެ ގޮތުގައި އައިސްފައެއް....އެ ގޮތަށް ބުޅާ މަސް ބޭނުންކޮށްފައި ހުރި ކަމަށް އިންޓަވަލްއާ މިކަހަލަ ކަންތަކުގައި އަދި އަޅުގަނޑުމެންނަށް އެނގިފައެއް ނެތް"

ހަލީލް ވިދާޅުވީ އަދި އެ ވާހަކަ ދެކެވެނީ ސޯޝަލް މީޑިއާގައި ކަމަށާއި އެކަމަކު އެކަން ކަށަވަރުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ތަހުލީލުތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ކައިރިން މަސައްކަތްކުރަމުން މިދަނީ އެކަމާ ގުޅޭ އިދާރާތަކާ އެއްކޮށް. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން މިކަމަކީ"

ހަލީލް ވިދާޅުވީ އެ ތަހުގީގުގެ ކުރިއަށްދާއިރު އޭގެ މައުލޫމާތުތައް ކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރަމުންދާނެ ކަމަށާއި އެ މިނިސްޓްރީން ބަަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި އަރަފާތުގެ އަވަށްޓެރިން ތުހުމަތުކުރާ ގޮތުން އޭނާ ދިރިއުޅޭ ގޭގެ ބަދިގޭގައި ބުޅަލުގެ މަސް ފެނިފައި އެބަހުއްޓެވެ. އަދި ބުޅާ މަހުން ކާތަކެތި ބައެއް ފިހާރަތަކަށް ބުޅާ މަހުން ހަދާފައިވާ ބާގާ، ސަބްމެރީން ފަދަ ތަކެތި އޭނާ ޑެލިވާކުރާ ކަމަށްވެސް އެ މީހުން ތުހުމަތުކުރެ އެވެ.

Ads by Ooredoo
  1. އަލީ ރަށީދު ދެކުނު ތިލަ

    އަބަދުވެސް ވާގޮއް ތީބިދޭސީޔަކުކުރިކުށެއް މިރާއްޖޭގައިސާބިތެއްވެސްނުވާނެ ކަމެއްނުހިނގާނަމަ ވާހަކައެއްނުދެއްކޭނެ ތިމީހާ ތިކުރިމުޑުދާރު ކަންތަކުގެފަހަތުގައިވެސްހުންނާނީ ސަރުކާރުގެ ތެރޭ ބާރުތަކެއްއޮްްމީހެއް ތިކަންވެސް ދާނީ ޖަމަލުފޮޑިޔައް