ޚަބަރު އިޖުތިމާޢީ

ބިދޭސީން ގެއްލުނު ހުރިހާ ކުންފުނިތައް ތަހުގީގު ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެކުލަވައިލި ޓާސްކް ފޯސްއިން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައި

ބިދޭސީން ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ހުރިހާ ކުންފުނިތައް ތަހުގީގު ކުރަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

Ads by MWSC

ދާހިލީ ވުޒާރާ އާއި ސިއްހީ ވުޒާރާ އަދި އިގްތިސޯދީ ވުޒާރާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލައިގައި ހެދި ޓާސްކްފޯސްއިން ހަދާ ދިރާސާތަކުން ބިދޭސީން ރާއްޖެ ގެނެސް މަސައްކަތް ކުރުވާފައި، ސަރުކާރަށް ފީ ނުދައްކައި ގެއްލިއްޖެ ކަމަށް ބުނެ ރިޕޯޓު ކުރުން އިތުރުވެފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ސިސްޓަމް ތެރެއިން އެއީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތްކޮށް، ފާހަގަވާ ކުންފުނިތަކަށް މި މަހުގެ 30 ގެ ނިޔަލަށް ސިސްޓަމުން ހިދުމަތް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އެ ހުރިހާ ކުންފުނިތަކާމެދު ތަހުގީގު ހިންގުމަށް ފުލުހުންނާ ހަވާލު ކުރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރިއެއް ކުރުން ނުވަތަ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުން، މީގެ ތެރެއިން މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ޓާސްކް ފޯސް ތެރެއިން އައިޑެންޓިފައި ކުރެވި އަވަސް ގޮތުގައި އެޅިގެންދާނެ،"

މީގެ އިތުރުން ގަވާއިދާއި ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ފަރާތްތައް ފާހަގަ ކުރެވޭނަމަ އެފަރާތްތަކާއިމެދުވެސް ފިޔަވަޅު އަޅަން ފަށާނެ ކަަމުގެ ޔަގީންކަން ޓާސްކް ފޯސްއިން ވަނީ ދީފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެކުލަވައިލި ޓާސްކުފޯސްގައި ހިމެނެނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ތިން ވުޒާރާ އާއި އެ ވުޒާރާތަކުގެ ދަށުން ހިންގާ ކަމާއި ބެހޭ އިދާރާތަކެވެ.

  1. ވަގުންނޭ

    ތިޔާއީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ވުމުން ސަބްޖެކްޓް އާއި ނުވެސް ގުޅޭ ކަމެއްގެ ވާހަކަ ދައްކައިގެން ދިވެހިން ފެލާލަން ވެގެން ވަގުންތައް ކުރަން އުޅޭ ކަމެކޭ ގަވާއިދު ވިސާފީ ދައްކަމުން ދަނި ކޮށް ފިލާފައި ތިބި ބިދޭސީން ފިލިކަމަށް އިމިގްރޭޝަން އަށް ހުރިހާ ޑޮކިއުމެންޓް ހުށައަޅާފައިވާ އެތައް ހާސް ބައަކު އެއީ ހުށަނާޅާ އެއްޗެހި ތައް ކަމަށް ހަދާ އިމިގްރޭޝަން އިން ދަނީ ރައްޔިތުން ފެލަމުންނޭ މިސަރުކާރުން ވައްކަން ކުރަން ވެގެން ހުޅުވައިގެން އުޅޭ ކަމެކޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މައްސަލަ އަކީ ހަގީގީ މައްސަލަ އަށް އެއްވެސް ހައްލެއް ނާދޭ ދެން އައްޑޫ ބޮޑު ވަގަކު ހޯމް މިނިސްޓަރަކަށް ލައިގެން ބޮޑު ވަގު މުއިއްޒު އާއި އަދުރޭ ރައްޔިތުން ލޫޓުވަނީއޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ