ޚަބަރު ރައްޔިތުންގެ މަޖިލިސް

އާބަން ޑިވެލޮޕްމަންޓް ބިލު ހުށަހެޅީ މަޝްވަރާނުކޮށް: މިނިސްޓްރީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓްރީތަކުގެ ބޭފުޅުން: އާބަން ޑިވެލޮޕްމަންޓް ބިލާ މެދު ކަންބޮޑުވުން ވަނީ ފާޅުކޮށްފައި / ފޮޓޯ:މަޖިލިސް

އާބަން ޑިވެލޮޕްމަންޓް ބިލު ހައުސިން މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނީ އެ މިނިސްޓްރީ އާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

އާބަން ޑިވެލޮޕްމަންޓް ބިލު ދިރާސާ ކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ބިލުގައި ހިމަނާފައިވާ ބައެއް މާއްދާތަކުން ރަށު ކައުންސިލުތަކާ އަދި އަތޮޅު ކައުންސިލުތަކުގެ ބާރުތައް ހަނިވާކަމުގެ ކަންބޮޑުވުން މެންބަރުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ އެ މިނިސްްޓްރީއަކީ ކައުންސިލުތަކާ ގާތްކޮށް މަސައްކަތް ކުރަން ޖެހޭ މިނިސްޓްރީއަކަށްވާއިރު ބިލާ ގުޅޭގޮތުން ކަންބޮޑުވުންތައް ހުރި ކަމަށެވެ.

"މި ބިލު ޑްރާފްޓް ކުރެވިގެން މި ހިސާބަށް އައިއިރު، އަޅުގަނޑުމެން މިނިސްޓްރީގެ އެއްވެސް އިންވޯލްމަންޓެއް ނެތްކަން މި ފުރުސަތުގައި ފާހަގަކުރަން. އަދި އިތުރަށް ލާމަޒުކަޒީ ގާނޫނާ ތައާރަޒުވާ ބައިވަރު ކަންތައް މީގައި ހުރިކަން ފާހަގަކުރަން،" ހާޝިމް ވިދާޅުވި އެވެ.

އާބަން ޑިވެލޮޕްމަންޓް ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ، އެކަމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެކަން ފާހަގަކުރައްވާ އޭނާ ވަނީ ބިލާ މެދު ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ކަންބޮޑުވުންތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ބިލުގައި ހިމެނިފައިވާ ގިނަ ކަންތައްތަކުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ކައުންސިލުތައް އަބަދުވެސް ބާރުވެރި ކުރުވައި، ކައުންސިލުތަކާ ވަރަށް ގާތްކޮށް ލާމަރުކަޒީ ނިޒާމު ހިންގުން ކަމުގައި ވިދާޅުވި އެވެ.

އެހެންނަމަވެސް ބިލުގައި ހިމަނާފައިވާ "އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" އުފެދިގެން އަންނައިރު، ކައުންސިލުތަކުގެ ބައިވެރިވުން އެކަމުގައި ނޯންނަ ކަމުގަ އެވެ. ބައިވެރިވުން އޮތީ ހަމައެކަނި ވިލަރެސް ކުރުން ފަދަ ކަންކަމުގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Ads by Allied Insurance
  1. އިއްބެ

    މައްސަލައަކީ އެއްމެކަމެއް އެއްދޮގުހެދިމީހާ އެދޮގުފޫބައްދަން 10 ދޮގުހަދަންޖެހޭކަމެވެ މެމްބަރުންނާހަމައަށް އަންނާނީ ރައީސްއޮފީހުން ރައީސާއި މިނިސްޓަރުން ނިއްމުމައްފަހުގައި މިނޫންގޮތަކަށް ސަރުކާރަށްސަޮޯޓުކުރާ އެއްވެސްމެމްބަރަކުމަސައްކަތެއްނުކުރާނެ

  2. ވަގުންނޭ

    ލާމަރުކަޒީ ނިޒާމުން މިގައުމަށް ކުރީ ފައިދާ އެއް ނޫނޭ ވަރަށް ބޮޑެތި ގެއްލުން ދިނީ ރާއްޖެތެރޭ ރަށްރަށުގެ ކައުންސިލް ތަކަކީ އެއީ ބޭނުން ބައެއް ނޫނޭ އަސްލަކީ ރ.ކ.ކޮމެޓީ އަށް ގާނޫނީ ގޮތުން ކުޑަ ބާރެއް ދޭން ޖެހުމުން ޓީވީއެމް އިން ދައްކާ ކޮޕީ ކެޓް ލަވަކިޔާ ގޮތަށް ޔޫރަޕް ގައި އޮންނަ ނިޒާމެއް ރާއްޖެ އަށް އެޕްލައި ކުރީ އެ ނިޒާމް ރާއްޖޭގައި މަސައްކަތް ނުކުރާނެ ކަން ވޭތުވެދިޔަ 15 އަހަރުވަނީ ސާބިތު ކޮށްދީފައޭ ކައުންސިލަރުން ކުރަނީ ބޮޑެތި ވައްކަމޭ އެއްކަމެއް ވެސް ނުކުރޭ މާލެ ސިޓީ ކައުންސިލްގަައި މޭޔަރަކަށް މުއިއްޒު ހުރި އިރު އޭނާ ވެސް ކުރީ ބޮޑެތި ވައްކަމޭ އަދުރޭ އާއި ގުޅިގެން ކުރީ ވައްކަމޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ