ޚަބަރު

ރައްކާތެރިވޭ! ހުން އައިސް ބިހި ނަގާފައި ހުޅުހުޅުގައި ރިއްސާ ބައްޔެއް އެބައުޅޭ، ކުޑަކުދިންނަށް ބޮޑަށް އަސަރުކުރޭ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހުން އައިސްފައި ހުޅުހުޅުގައި ރިއްސާ ބައްޔެއް ރާއްޖޭގައި އެބައުޅޭ ކަމަށް ކުޑަކުދީންގެ ޑޮކްޓަރ އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިއްޔެ ޑޮކްޓަރ ފައިސަލް ކުރެއްވި ޓްވީޓްގައި މި ބަލީގައި ކުޑަކުދީންނަށް ހިނގާ ވެސް ނުލެވޭ ވަރަށް ތަދުވާ ކަމަށް ބުނާ ކަމަށާއި މިއީ ޗިކަންގުންޔާ ކަމަށް ހީވާ ކަމަށެވެ.

"އެބައުޅޭ ހުން އައިސްފައި، އޭގެފަހުން ބިހި ނަގާފަ، ހުޅުހުޅާ ގައިގަ ރިއްސާ ބައްޔެއް، ބައެއް ކުދިންނަށް ހިނގާ ވެސް ނުލެވޭވަރަށް ތަދުވާކަމަށް ބުނަނީ ،ޗިކުންގުންޔާހެން ހީވަނީ " ފައިސަލް ޓްވީޓް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ، އެޗްޕީއޭގެ ސަމާލުކަމަށް ގެންނަވައި މި ބައްޔަށް ޓެސްޓް ކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ.

Ads by HDC
  1. އަޙްމަދް

    ކޮވިޑާއި ގުޅުވާލާ ސިއްޙީބިރުވެރިކަން އުފެއްދުން އިތުރުކޮއްލާ