ޚަބަރު

މާލީ ހާލަތު ގޯސްވި ގޮތާއި, ދެން ކަންކުރާނެ ގޮތް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ: ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ މާލީ ހާލަތު ގޯސްވެގެން ދިޔަ ގޮތާއި, މާލީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ކުރީގެ ރައީސް, މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސިޔާސީ ކަންކަމުން އެއްފަރާތްވެ ވަޑައިގެން, ދިރިއުޅުން ގާނާއަށް ބަދަލު ކުރައްވާފައިވާ, ނަޝީދު މިހެން ވިދާޅުވީ, މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ޓްވީޓް ކުރައްވާފައިވަނީ ރާއްޖޭގައި ޑޮލަރުގެ ދަތިކަމާހުރެ, ދިވެހި ރުފިޔާ ކާޑުން ފޮރިން ޓްރާންސެކްޝަން ނުހެދޭ ގޮތަށް ބީއެމްއެލްއިން ހެދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ނަޝީދު ވަނީ މީގެ ކުރިން ވެސް މި ސަރުކާރުގެ މާލީ ބައެއް ސިޔާސަތުތަކަށް ތައުރީފް ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ބައިވެރިވެގެން ގެނައި އެމްޑީޕީ ސަރުކާރުން މާލީ ކަންކުރަމުން ދިޔަ ގޮތަށް ފާޑު ވިދާޅުވެ, އެމަނިކުފާނު ވަނީ ޕާޓީ ދޫކުރައްވާ އައު ޕާޓީއެއް އުފައްދަވާފައެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ. މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އަދި މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި, ދެން ވެދާނެ ކަންކަމާއި, ލަފާ ކުރެވޭ ގޮތާއި, އެކަމުން އަރައިގަންނާނެ ގޮތް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިކަމުން އަރައިގަތުމަށް އަަމަލުކުރަން ރާވާފައި އޮތް ގޮތް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.

  1. ހަސަނުގެ ދަރި ލަތީފް

    ކަލޭމެންގެ ސަރުކާރުން ހޭބަލި ވެގެން ތަނެއް ދޮރެއް ނުބަލާ ރިޒާވް ހުސްކޮށްލާފަ އެވަޜުން ނުވެގެން ހަމައެކަނި ކަރުދާހުގަ ލެޓަރ ހެޑް ހަދާފަ ފޮނުވި ބަޔަކަށް ފައިސާތައް ޖަމާކޮށްދީ ގާތް މޯހުނަށް ބަފަލުގެ ގޮތުގަ ސަރުކާރުގެ ފައިސާދީ ޚަޒާނާ ހުސްކޮށްލީމަ އެކަން އެންމެ ރަގަޅަށް އެނގޭނެ މޯހަކީ ހަމަ ނަޝީދު

    • ޙަޔޮލަ

      ޅަތީފް ތަންދޮރު އެގިގެން އުޅެބަލަ،ރާކަނިމަސް ކެވިއްޖެ،ތިކަހަލަ ގަމާރުންނާހުރެ ތަންދޮރުނޭގޭ މީހުން އަރުވައިގެން މިހާލަތައް މިދިޔައީ