ޚަބަރު

ބަންގްލަދޭޝް މީހަކު ނުގަވައިދުން ބޭރުކުރަން އުޅުނު 80،000 އަށް ވުރެ ގިނަ ޑޮލަރު ހިފަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ވެރިރަށަށް ފުރަން އުޅުނު ބަންގަލަދޭޝްގެ މީހެއްގެ ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި ބޭރުކުރަން އުޅުނު 81،030 ޑޮލަރު ހިފަހައްޓައިފި އެވެ.

Ads by MWSC

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފައިސާ ހޯދާފައިވަނީ މާލެއިން ޑާކާ އަށް ފުރަން އޮތް ޔޫއެސް ބަންގްލާ އެއާލައިނުން ދަތުރުކުރަން ހަމަޖެހިފައިވާ ފަސެންޖަރެއްގެ ލަގެޖުން ކަމަށެވެ.

ހައްޔަރުކުރި މީހާ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ސެކިއުރިޓީ ކޮމާންޑުން ބުންޏެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ ހޯދިގޮތުގެ ތަފްސީލު ހާމަކުރަންޖެހޭ ގޮތަށް ކަސްޓަމްސްގެ އުސޫލު ދާދި ފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން 10،000 ޑޮލަރަށް ވުރެ އިތުރަށް، ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އެ ފައިސާގެ ހޯދިގޮތް ހާމަކުރަން ޖެހޭނެ އެވެ.

ވަކި އަދަދަަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އާމްދަނީ ލިބޭ ގޮތުގެ ތަފްސީލުވެސް ހާމަކުރަން ޖެހެ އެވެ.

Ads by Ooredoo
  1. ބަލަންތިބޭ

    ވަން ފޮރ މީ – ވަން ފޮރ ދަ ބާސްކެޓް ގެ ސްލޯގަންގެ ދަށުން އޭނާ ކުއްވެރިނުވެ ދޫކޮށްލާނެ…