ޚަބަރު އިޖުތިމާޢީ

ހަބަރަކާ ގުޅިގެން ޓިކްޓޮކްގައި ދެ މީހަކު ނޫސްވެރިއެއްގެ އަބުރު ކަތިލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލިޔުނު ހަބަރަކާއި ގުޅިގެން ނޫސްވެރިއެއްގެ އަބުރު ކަތިލަމުންދާ ދެ މީހުން

ޓިކްޓޮކް ލައިވްތަކުގައި ދެ މީހަކު, ރާއްޖެ ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކަށް ފުރައްސާރަކޮށް އަބަރު ކަތިލަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Ads by MWSC

މީގެ ކުރިންވެސް ފާޑުކިޔުން އަމާޒުވެ ހޫނުފެނަށް ވެއްޓިފައި ހުރި ފިރިހެނަކު ޖިންސު އޮޅޭގޮތަށް ހެދުން އަޅައިގެން، އަންހެނެއްގެ ބަސްމަގުގައި ޓިކްޓޮކް ލައިވްތަކެއް ހިންގުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މި ފިރިހެން މީހާ، ދިވެހިންގެ އިޖުތިމާއީ ފޭރާމާ ހިލާފަށް އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ލައިވްއެއް ހިންގި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީ ވަނީ އެ ލައިވްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކޮށްފަ އެވެ. އަދި ގާނޫނާއި ހިލާފަށް ހިންގަމުންދާ މި ޓިކްޓޮކް ލައިވްތައް ރާއްޖެ ޓީވީ މެދުވެރިކޮށް ރިޕޯޓުކޮށްފައި ވެއެވެ.

ލައިޝާގެ އެ ހަބަރާއި ގުޅިގެން އިތުރު ލައިވްތަކެއް ވަނީ ޓިކްޓޮކްގައި ކުރިއަށް ގެންގޮސްފަ އެވެ. ޅ. ނައިފަރަށް ނިސްބަތްވާ ދެ މީހަކު ނޫސްވެރިޔާ ލައިޝާގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް އަޅުވައި، ނޫސްވެރިޔާގެ އަބުރު ކަތިލަމުން ދިޔަ އެވެ. އެގޮތުން ބޮޑެތި ޖިނާއީ ކުށުގެ ދައުވާ ކުރެވޭފަދަ ތުހުމަތުތައް ލައިޝާގެ ބޮލުގައި އެ ދެމީހުން އަޅުވަމުން ދިޔަ އެވެ.

މިއަދުވެސް އެ ދެމީހުން ވަނީ ލައިޝާ އާއި ލައިޝާގެ އާއިލާއަށް ނިސްބަތްކޮށް ހަޑި ހުތުރު އެތައް ވާހަކަތަކެއް ދައްކައިފަ އެވެ. މީގެ އިތުރުން ލައިޝާގެ ފޮޓޯ އާއި ފޯނު ނަމްބަރުވެސް ލައިވްގައި ވަނީ ދައްކައިފަ އެވެ.

މިކަމާއި ގުޅިގެން އެ ނޫސްވެރިޔާ ވަނީ ޓިކްޓޮކް ލައިވް ހިންގާ މީހާއަށް ގުޅައި އެކަން ހުއްޓާނުލައިފިނަމަ ކަމާއިބެހޭ ފަރާތްތަކަށް ގޮސް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާނެކަމަށް ބުނެފަ އެވެ. މިއާއެކުވެސް މިކަން ނުހުއްޓުމުން ފުލުހުންނަށާއި ކޯޓުތަކަށް މައްސަލަ ހުށަހަޅާނެކަމަށް ލައިޝާ މިއަދު ފޭސްބުކް އާއި ޓުވިޓާގައި ވަނީ ބުނެފަ އެވެ.

އަންހެން ފޭރާމުގައި ޓިކްޓޮކް ލައިވްތައް ހިންގަމުންދާ މީހާ މިފަދަ މައްސަލައެއްގައި މީގެކުރިންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭނާ އަކީ އެތައް ފަހަރެއްގެ މަތިން ގާނޫނާއި ހިލާފު ކަންކަމުގައި އާންމުންގެ ސަމާލުކަމަށް އައިސްފައިވާ މީހެކެވެ.

Ads by Ooredoo
  1. ހުދުހުދު

    ތިމީހުން ހިފާހައްޔަރު ކުރުމަށް ގޮވާލަން….އަދި ހިތުން ނުފިލާ ވަރުގެ އަދަބެއްދީ..ތިމީހުން މިގައުމުގެ އަދަބު އަޚުލާޤު ހަލާކު ކޮށްފި.

  2. އަލީ ހަވަނަ

    ތީ ދިވެހި ފޮރިހެނުންނަން ހުރި ބޮޑު ހުތުރެއް