މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރު ނިމެން ގާތްވެސް ނުވޭ: ސާޖިދާ

މިންތީގެ ހަމަހަމަކަމަށް ކުރާ ދަތުރުގައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް އެ ދަތުރު އަދި ނިމެން ގާތްވެސް ނުވާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން, ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސާޖިދާ އެެހެން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އަންހެނުންނަށް އަމާޒުކޮށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން ހެޔޮބަދަލުތަކާ އަދި ތަފާތު ވިސްނުންތައް ގެނެސްދެވޭނެ ކަމަށެވެ.
އަދި އެ ފަދަ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވި ނަމަވެސް ތަފާތު ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރުމުގެ ބޭނުންތެރިކަން އަދިވެސް ބޮޑު ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ އެކި ދާއިރާތަކުން އަންހެނުން ހޯދާ ކާމިޔާބީތައް ފާހަގަކުރާއިރު އަންހެނުންނަށް ކުރިއަށް ދެވޭނެ އަދި ކުރިއަރަންޖެހޭ ބައެއް ދާއިރާތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު މަދު ކަމަށެވެ.
ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ތިބުމުން އަންނާނެ ހެޔޮބަދަލުތަކާގުޅޭ ގޮތުން ސާޖިދާ ވިދާޅުވީ ގާލް ގައިޑް ހަރަކާތަކީ ހަމައެކަނި މުސްތަގުބަލުގެ ލީޑަރުން އުފެއްދުމުގެ ހަރަކާތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ އަންހެނުން ބާރުވެރިކުރުވުމާއި މުޅި މުޖުތަމައު ބާރުވެރިކުރުވުމުގެ ހަރަކާތެއް ކަމަށެވެ.
ސާޖިދާ ވިދާޅުވީ އެކަމަށް ބަދަލެއް ގެނެވޭނީ ކަންކަމުގައި އިރުޝާދު ދިނުމާއި ލީޑާޝިޕް ތަމްރިނުތަކާއި ނިންމުންތައް ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ބައިވެރިވުމަށް ހިތްވަރުދިނުމާއި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި އެ ކަންކަމަށް އެއްބާރުލުން ދިނުމުގެ މާހައުލެއް އުފެއްދުމާއެކު އެފަދަ މުޖުތަމައުތައް އުފެދިގެން ކަމަށެވެ.
ގާލް ގައިޑް ހަރަކާތާ ގުޅިގެން ސާޖިދާ އިތުރަށް ވިދާޅުވީ އެއީ ރާއްޖޭގައި ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ.
އަދި އެ ހަރަކާތުގައި އުޅުމަށްފަހު ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ ސީނިއާ ރޯލުތައް އަދާކުރައްވާތަން ފެނިގެން ދިއުމަކީ ލިބޭ ފަހުރެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ކަމަނާއަކަށްއެކަމެއްނުވާނެ އެކަންކުރެއްވީ ޢުމަރުގެފާނު ދެންމިހާރުއެމިންގަނޑުގައި ހުންނެވިކަމަށްބަހުންބުނަނީ ރެޑުވޭ ސަލީމް