ޚަބަރު

ގައުމާ އެއްކޮޅު ކަންކަމާއި ދެކޮޅު ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ގައުމެއްގެ އަމިއްލަވަންތަ ކަމަށް ލޯބި ނުކުރެވޭނަމަ ގައުމީވަންތަ ކަމަށް ލޯބިނުކުރެވޭނެ ކަމަށާއި، ގައުމާ އެއްކޮޅު ކަންކަމާއި ދެކޮޅު ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމިއްޔަތު ނުވަތަ 'ނޭޝަނަލް އައިޑެންޓްޓިޓީ' އަކީ ކޮބައިތޯ ސުވާލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބައެއް ބާވަތްތަކުގެ ގައުމިއްޔަތަކީ ދިވެހިންގެ ގައުމިއްޔަތާ ފުށުއަރާ ކަންކަން ކަމަށެވެ.

އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮންނަ ގައުމިއްޔަތު އިސްލާމްދީނާވެސް ފުށުއަރާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ ގައުމިއްޔަތަކީ ދިވެހިންގެ ވިސްނުމުގައި އޮންނަ އެއްބައެއްވަންތަކަން އަދި ދިވެހިންގެ ދެމިތިބުމުގެ ފިކުރެވެ. ގައުމިއްޔަވަންތަ ކަމުގެ މަފްހޫމް ތަފްސީލު ކޮށްދެއްވަމުން ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހިމެނޭ ލާޒިމު ދެ އަސާސް ކަމަށެެވެ.

ސަބަބަކީ ދަތިތަކާއި، ފަސޭހަތަކާއި އަދި ބިރުވެރިކަމާއި، އަމާން ކަމުގައި އެއްބައެއް ގޮތުގައި ދެމިތިބުމަކީ ގައުމެއްގެ ތޮބިއްޔާ ކަމަށް ވިދާޅުވި އެވެ.

އެއީ ރާއްޖެނަމަ ދިވެހިންގެ ކާބަފައިވަންތަކަމާއި ދިވެހި ބަހާއި އިސްލާމްދީނާ އާދާކަދާ އާއި ދިވެހި ތަރިކައިގެ އިތުރުން ދިވެހި ސަގާފަތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ދިވެހި އެއްބައިވަންތަކޮށް ދެނީ 'ކަލެކްޓިވް ތިންކިން' އިން ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެގޮތަށް ގުޅުވޭ ހަރުދަނާ ގުޅުމުގެ ބަދަހިކަމަކީ ގައުމީ ބަދަހިކަމެވެ.

ރާއްޖޭގެ ގައުމީ ބަތަލުން ގައުމު ސަލަމާތްކުރައްވަން ކުރެއްވި ޖިހާދަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ގައުމެއް ސަލާމަތުން އޮންނާނީ އެބައެއްގެ ބިން ސަލާމަތުން އޮވެގެން ކަމަށާއި، ބިން ސަލާމަތުން އޮންނާނީ ދައުލަތް ސަލާމަތުން ބާއްވައިގެން ކަމަށެވެ.

އަމިއްލަވަންތަ ކަމަށް ލޯތްބެއް ނުކުރެވޭނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ އަމިއްލަ ވަންތަކަން ދިފާއު ނުކުރެވޭނަމަ މިނިވަންކަންވެސް ދިފާއެއް ނުކުރެވޭނެ. ގައުމެއް ދިފާއުކުރުމަށް އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއު ކުރަން ޖެހޭ.

އެކަންކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާގޮތަކީ އެ ގައުމެއްގެ ރައްޔިތުން ސިކުނޑިތަކުގައި އަމިއްލަވަންތަކަން އިލްމީ ގޮތުން ސާފުކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.

ގައުމަކާއި އެއްކޮޅަށް ހުންނަ ކަންތަކާއި ދެކޮޅަށް ހުންނަ ކަންކަން ކޮންމެ ރައްޔިތަކަށް އިލްމާއި ބުއްދީގެ ހަމަތަކުން އޮޅުން ފިލުވައި ދެނީ. މިއީ ރާއްޖެއަށްވެސް ވަރަށް މުހިއްމު ކަމެއް.

ގެދޮރުބިނާކުރާ ފަދައިން ގައުމާ އެއްކޮޅަށް ދިވެހިންގެ ސިކުނޑި ބިނާކުރުމުގެ ވިސްނުމަކަށް ބާރުއަޅުއްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށްޓަކައި ބޭނުންވާ ދިރާސާތައް ހަދައި ކަމާއި ބެހޭ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރަމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.

  1. ހެޔޮނުވާނެއޭ

    ފުރަތަމަ ސަރުކާރުގެ އަޚްލާގު ރަނގަޅު ކުރަންވީ ފުރަތަމަ މުއިއްޒު ވެފައިވާ ވައުދު ތައް ނުފުއްދާ މުއިއްޒު މެޑިކަލް ޗެކަޕް ހަދަން ސިންގަޕޯރ އަށް ގޮސް ބްރޯ އާއި ބައްދަލު ކުރަނީ ދެން މުއިއްޒު އެބަބުނޭ ތިމަންނާ އަށް ރައްޔިތުން ދިން ވޯޓެކޭ މީ މަމެން މީ މުއިއްޒު އަށް ވޯޓްދިން މީހުންނޭ މަމެން ވޯޓް ދިނީ މުއިއްޒު އަކަށް ނޫނޭ އެވޯޓް ދިނީ ރައީސް ޔާމީނަށް ޓަކައޭ އެކަމަކު ވެރިކަމަށް ހޮވުނު ދުވަހުން ފެށިގެން އެ އަޚްލާގު އޮޅާލާ ރައްޔިތުން ވޯޓްދިނީ މުުއިއްޒުއަށް ކަމަށް ހަދާ އޮޅުވާލަނީ މިވަރުގެ ހަރާމްކޯރު ބަތާހަރާމީ އަކު ދައްކާ ވާހަކަ މިއުޑު ދަށުގައި ތިބޭ ބަޔަކު ގަބޫލުކުރަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ

  2. އަޚްލާގު ރަނގަޅު ކަމުންދޯ މަޖްލީހުގެ ރައީސް ހުންނަ ގެއަކަށް މަހަކު 300 މިލިއަން ރުފިޔާ ޚަރަދުކުރަނީ އެއީ ކޮންމެހެން އެތައް ހާސް ބަޔަކަށް ވަޒީފާ ދޭން ޖެހޭނެ ތަނެއް ނޫނޭ އަދުރޭ މެން ގައުމު ދެކެ ލޯބިނު ވާ ކަމުގެ އަލިގަދަ ދަލީލު ތަކޭ މިއިން އެގިގެން ދަނީ މުއިއްޒުގެ ވެރިކަމުގައި ޚަރަދުކުޑަ ކުރަން އެއްވެސް ކަމެއް ނުުކުރެއޭ ޚަރަދުކުޑަ ކުރުން މުއިއްޒު ސަރުކާރުން ވަނީ އޮޅާލާފައޭ ތަމެން ދެން ކޮން އަޚްލާގެއްގެ ވާހަކަ އެއް ދައްކަންތޭ އަޚްލާގަކީ ދޮގުނެހެދުމޭ މުއިއްޒު ވަނީ ތެދުވެރިކަމުގެ އަޚްލާގު އޮޅާލާ އޭނާ ބެކަށް ޖަހާފައޭދޯ…