ޚަބަރު

ބިލު ތަސްދީގުކުރުމުން ބާ ކައުންސިލުން އޭޖީ ވަކިވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބަންޑާރަ ނައިބު އަހުމަދު އުޝާމް

ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އޮންނަ ބާ ކައުންސިލުން ބަންޑާރަ ނައިބު ވަކި ކުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

Ads by STELCO

ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އެ ބަދަލު ރައްޔިތުންގެ މަޖިލީިހުން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ބާ ކައުންސިލް މިހާތަނަށް އެކުލެވިފައި އޮތީ ހަތް މެމްބަރުންގެ މައްޗަށެވެ. އެެއީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބު ހިމެނޭ ގޮތަށެވެ.

މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ބަންޑާރަ ނައިބުގެ ބަދަލުގައި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ވަކީލެއް ބާ ކައުންސިލްގައި ހިމެނުމަށެވެ. އޭރުން ދެން ބާ ކައުންސިލްގައި ތިބޭނީ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރާ ހަތް މެންބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!