Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑްރަގު ކޯޓުން ވައްކަން ކުރި މީހާގެ ވަނަވަރު އާންމުކޮށްފި

ޑްރަގު ކޯޓުން ވައްކަން ކުރި މީހާގެ ވަނަވަރު އާންމުކޮށްފި
ޑްރަގު ކޯޓުން ވައްކަންކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. އެ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ކުޑަދޮރެއް ހަލާކުކޮށްފައި، އެ ތަަނަށް ވަދެ ވައްކަން ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އޭރު ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް މިއަދު އޭނާގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ. އޭނާގެ ނަމަކީ ސ. ހިތަދޫ ދެކުލައަރާގޭ، މުހައްމަދު އަސްލަމް އެވެ.
ސަރުކާރުގެ އިމާރާތްތަކުން ވައްކަން ކުރުމުގެ ރެކޯޑެއް އޮތް އަސްލަމް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެސް ވެފަ އެވެ.. ޑްރަގު ކޯޓުން ބުނީ ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު ތެރެއަށް ވަދެފައިވަނީ ކޯޓާ އިންވެގެން ހުންނަ ގެތަކާއި ކޯޓާ ދެމެދު އޮންނަ ގޯޅިއަށް ހުރި ކޯޓުގެ ޝަރީއަތް ކުރާ މާލަމެއްގެ ކުޑަދޮރު ހަލާކޮށްލައިގެން ކަމަށެވެ. އެ މާލަމުން ކޯޓުގެ އެކި ހިސާބުތަކަށް ވަދެ, ތަޅުލާފައިވާ ބައެއް ކަބަޑުތައް ފަޅާލައި ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ބައެއް ފައިސާ ވަގަށް ނަގާފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް