Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޒަމީރު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ރައީސްގެ ސިޓީއެއް އަރުވައިފި

ޒަމީރު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާ ރައީސްގެ ސިޓީއެއް އަރުވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުނިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފޮރިން މިނިސްޓަރު ފޮރިން މިނިސްޓަރު އަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީއެއް އަރުވައިފި އެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ ޒަމީރު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގަ އެވެ.

އެ ސިޓީއާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެއީ ޒައިދަށް އެޑްރެސްކުރައްވާ ރައީސް މުއިއްޒު ފޮނުއްވި ސިޓީއެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ ބައްދަލުވުމުގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި އެވެ.

ޔޫއޭއިން ރާއްޖެއާމެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޒަމީރު ވަނީ އެކަންކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޒައިދުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު ހަމްދާން ބިން މުހައްމަދު އަލް މަހްތޫމާ ވެސް ޒަމީރު ބައްދަލުކުރައްވާފައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޒަމީރުގެ އަރިހުގައި ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި އެމްބެސެޑަރު އެޓް ލާޖް އަހުމަދު ނަސީރާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ހައްސާން ވަހީދު ބައިވެރިވަޑައިގެންނެވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް