ފުވައްމުލަކު ބަނދަރު ސަރަހައްދުން ފަތުރުވެރިކަމަށް ބިން ދޫކުރަނީ
ފުވައްމުލަކު ބަނދަރު ސަރަހައްދުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ސަރުކާރު ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާތީ ޝަރުތު ހަމަވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެން ނެވެ. ބިޑް ޑޮކިއުމެންޓް ގެ އަގަކީ 100.00 ޑޮލަރު އެވެ.
މީގެ އިތުރުން އިއުލާނުގައި ބުނީ ބިޑު ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށް، އެފަރާތެއްގެ ނަމުގައި އެއް ޕްރޮޕޯސަލް ކަމަށެވެ.
އެގޮތަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 11 ވާ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް ބިޑު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ.
އަދި އެ ގަތުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑު ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާ އެކު މެއިލް ކުރުމަށް އެ ކައުންސިލުން އެދިފައި ވެއެވެ.
ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން މާދަމާ 11:00 ގައި އޮންނައިރު، އެކަމަށް އެދި ހުށަހެޅުމާއި އެ ހުޅުވުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ 09:00 ގައެވެ.