ޚަބަރު ވިޔަފާރި

އެއްދުވަހުން 900އަށް ވުރެ ގިނަ ކޮންޓޭނަރު ހެންޑަލްކޮށް އެމްޕީއެލްއަށް ރެކޯޑެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޕީއެލްގެ ވިޔަފާރި ބަނދަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް)އިން ރެކޯޑް އަދަދެއްގެ ކޮންޓޭނަރު މިއަދު ހެންޑަލްކޮށްފިއެވެ.

Ads by Sosun Fihaara

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކްގައި މިރޭ ވިދާޅުވީ މިއަދަކީ އެމްޕީއެލްގެ ހަޔާތުގައި، ވެސް އެއް ދުވަހަކަށް އެންމެ ގިނަ ކޮންޓެއިނަރ ހޭންޑުލް ކުރެވުނު ތާރީހީ ދުވަސް ކަމަށެވެ.

މިއަދު އެކަނި 934 ކޮންޓެއިނަރަށް ހިދުމަތް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ އެމްޕީއެލްގެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އެހެނިހެން ގޮންޖެހުންތަކާ ވެސްް އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ މީގެ ކުރިން އެންމެ ގިނަ ކޮންޓެއިނަރަށް އެއް ދުވަހަކަށް ހޭންޑުލް ކޮށްފައި ވަނީ ވެސް ހަމަ މި ވެރިކަމުގައި ކަމަށާއި އެ ގޮތުން އެ ދުވަހު 650 ކޮންޓޭނަރު ހެންޑަލްކުރި ކަމަށެވެ.

"އެމްޕީއެލްގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުން ދާނީ، “ލައިޓެނިންގް ސްޕީޑު”ގައި މަސައްކަތްކޮށް ރައްޔިތުން ހިތްހަމަޖެހޭ ފަދަ ޚިދުމަތްތަކެއް ފޯރު ކޮށްދިނުމަށެވެ." އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ މީގެ ދެ ދުވަހެއް ކުރިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކޮންޓޭނަރުގެ އަދަދު ވެސް މި ވެރިކަމުގައި އިތުރުވެ ރެކޯޑެއް ހަދައިފައިވާ ކަމަށެވެ.

މި އަހަރު އެވްރެޖްކޮށް އޮގަސްޓު މަހާ ހަމައަށް މަހަކު މިހައިތަނަށް 20 ފޫޓުގެ 5375 ކޮންޓޭނަރުގެ ކާގޯ އެތެރެކޮށްފައިވާ ކަމަށާއި މީގެ ކުރިން މަހަކަށް އެއާ ގާތް ކުރާ އަދަދަކަށް ވެސް ކޮންޓޭނަރު އެތެރެކޮށްފައި ވަނީ 2018ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.އެހެންކަމުން މިއީ އިގުތިސާދަށް އަންނަމުންދާ ހެޔޮ ބަދަލެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!