ޚަބަރު

ސަމާހުގެ ބައްޕަގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ, މުޅި ގައުމު ރޮއްވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޒުވާން ހަސަން ސަމާހު ރޭ ދުވަން ނުކުތީ ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކަށް ވެސް ހަޔާތުގެ އެތައް ކަމެއް ރާވާފައި އޮއްވަ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ނިމިގެން ދިޔައީ މެރަތަންއަކަށް ދުވަން ތައްޔާރުވަމުން ދަނިކޮށް، ބާރަކަށް ދުއްވާފައި ދިޔަ ރޭސް ކާރެއް އޭނާ ގައިގައި ޖެހި ލިބުނު ބޮޑު އަނިޔާއަށް ފަހުގަ އެވެ.

Ads by STELCO

މި އިހުމާލުތަކުގެ ހިތާމައާއި ކަންބޮޑުވުންތަކާ އެކު މުޅި ގައުމުގެ މަސްރަހު ހޫނު ބަހުސެއްގައި ހުއްޓައި، ސޯޝަލް މިޑީއާގައި ދެން ދައުރުވީ އޭނާގެ ކަށު ނަމާދު ވަގުތުގެ ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަނީ އޭނާގެ ބައްޕަ ހިފެހެއްޓުމެއް ނެތި ރޮމުންދާ މަންޒަރެވެ.

"ހުދާއި ކަޅުން" ފެންނަ ވީޑިއޯއިން ފުރަތަމަ ފެންނަނީ އޭނާގެ ދަރިފުޅު ސަމާހު ނަގަން ހަށިގަނޑާ ގާތްވާ ތަނެވެ. ދެން ކައިރީގައި ތިބޭ މީހުން އައިސް ބައްޕަ ހިފަހައްޓާ ތަން ފެނެ އެވެ. ޓިޝޫ ކޮޅަކުން ކަރުނަ ފުހުމަށް ބައްޕަ މަސައްކަތްކުރަނިކޮށް ވެސް ވީޑިއޯއިން ފެނެ އެވެ.

އޭގެ ފަހުން އޭނާގެ މަންމަ ވެސް ހަށިގަނޑާ ގާތްވެ ރޮމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. ސޯޝަލް މީޑިއާގައި އާއިލާއަށް ކެތްތެރިކަން ދިނުމަށް އެދި ދުއާކޮށް އެ ވީޑިއޯއާއެކީ މީހުން ދަނީ ޕޯސްޓް ކުރަމުންނެވެ.

މި އެކްސިޑެންޓްގައި އިހުމާލު ފަރާތް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ސަމާހުއަކީ ދުވުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އޭނާގެ އުފާވެރިކަމާ ގުޅިފައިވާ ވަނީ ދުވުމެވެ. ދުވުމަށް ހުންނަ ޝައުގުވެރިކަމާ އެކު ރާއްޖޭގައި ބާއްވާ އެކިއެކި ދުވުމުގައި ދުވެ, ކާމިޔާބު ހޯދައިފައިވެއެވެ.

 

Ads by Allied Insurance
  1. ރޮވިއްޖެ ހަމަ އަސްލަަަަށްވެސް