ޚަބަރު

ދޯންޏަކުން ޑްރަގު ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން/ ފޮޓޯ: ޕޮލިސް

ގއ. ވިލިނގިއްޔަށް ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތު ގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކުރި އެފަދަ ކަމެއް ކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • ލ. ފޮނަދޫ, ކެނެރީގެ، އަލީ މުމްތާޒް (37އ)
  • ބަންގްލަދޭޝް, އިރުޝާދު މިއާ (29އ)

ފުލުހުން ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 126 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!