ޚަބަރު

މިރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު އައިޖީއެމްއެޗަށް ގެންގޮސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ: ދެން އިމޭޖްސް

ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ހިނގަމުންދާ މި ދުވަސްވަރު މި ރޭވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

Ads by STELCO

ފުލުހުން ބުނީ މިރޭ އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރީ ދެ ސައިކަލު ޖެހިގެން ކަމަށެވެ.

6:30 ވާން އުޅެނިކޮށް މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ދެ ބިދޭސީ ފިރިހެނުންނާއި އެއް ދިވެހި ފިރިހެނަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭގެެ އިތުރު ތަފްސީލެއް ނުދެ އެވެ. ހަމައެކަނި ބުނީ އެ މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެއީ ހުޅުމާލެ ހައިވޭ ކައިރީން ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލް ޖެހިގެން ނެވެ.

އެ ހާދިސާގައި އަނިޔާވެގެން އަންހެނަކާއި ފިރިހެނަކު ރޭ ހުޅުމާލެ ހޮޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ.

ވަރަށް ކައިރި ކައިރީގައި ގިނަ އެކްސިޑެންތަކެއް ހިނގަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ބާރަށް ދުއްވި ސްޕޯޓްސް ކާރެއްގައި ޖެހި ސައިކަލެއް ދުއްވަން އިން ލ. އިސްދޫ އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ނިޔާވެފަ އެވެ.

އޭގެ އިތުރުން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ސައިކަލަކާ ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ވަނީ ނިޔާވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!