ޚަބަރު

ހޯމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހޯމް މިނިސްޓްރީގެ ޕީއެސް ހިންނާ

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް) ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Ads by STELCO

އެކަން ހޯމްލޭންޑުން "ދެން އޮންލައިން" އަށް ކަށަަވަރު ކޮށްދީފައިވީ ނަމަވެސް ހިންނާ އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންނާ އެ މަގާމުން އިސްތިއުފާދެއްވާފައިވާއިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލް ޣަފޫރު އެ މަގާމުން ވަކިކޮށްފައިވެސް ވަނީ އެ ދުވަހު އެވެ.

ބިޒްނަސް މެނޭޖްމެންޓް އިން މާސްޓާޒް ހާސިލުކުރެއްވި ހީނާ ވަނީ ރާއްޖޭގެ އެކި ކޮލެޖުތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ހިންނާ، ހޯމް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަނުކުރީ ޖޫން މަހު އެވެ. އޭނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޒިންމާދާރު އިސްވެރިޔާގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިތުރު ގަޑީގެ ފައިސާ ހޯދި މައްސަލައެއް ސާބިތުވެ ސިވިލް ކޯޓުން އޭނާގެ މައްޗަށް ގޭ ބަންދުގެ ހުކުމެއް އިއްވި އެވެ. އެކަމަކު އެ ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!