ހުޅުމާލެ ސަހަރާ ކުރިމަތީ އޮންނަ ބިން ޕާކިންއަށް ހާއްސަކުރަނީ

ހުޅުމާލެ ސަހަރާ ކުރިމަތީ އޮންނަ ބިން ޕާކިންއަށް ހާއްސަކުރަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރިން މިއަދު ބުނީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކެނޑިނޭޅި މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން ހުޅުމާލޭގައި ޓެކްސީތަކާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކުރެވިފައިވާ ވަގުތީ ސަރަހައްދެއް މިއަދު ކަނޑައަޅާފައިވާ ކަަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި އެ އާ ޕާކިންގ ސަރަހައްދު ބޭނުންކުރުމަށް މި ހަފުތާގެ ތެރޭގައި އާންމުކޮށް ހުޅުވާލެވިގެން ދާނެކަމަށް ވެސް ބުނެއެވެ.
ޕާކިންއަށް ވަގުތީ ގޮތުން ހާއްސަ ކުރަނީ 50،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހަތަރު ހާސް އުޅަނދު ޕާކު ކުރެވޭ ވަރަށް ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.