ސޮއި ހަމަކޮށް ޕީޖީ އައްޔަނުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި

އާާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އެއް ހޮވުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮފި އެވެ.
ޕީޖީގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައި ވޯޓު ނަގައި ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުގައި އޮންނަނީ ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.
އެެހެންވެ އޭގެ ކުރިން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ހަމަކޮށް މާދަމާ ރޭ ޕީޖީ އައްޔަނުކުރާ ޖަލްސާ ބައްވާ ޖަލްސާ ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
އާ ޕީޖީއަކު އައްޔަނުކުރާ ޖަލްސާ މާދަމާ ރެއަށް ތާވަލުކުރި ނަމަވެސް ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ބޭފުޅެއްގެ ނަން މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައެއް ނުވެ އެވެ.