Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިއްޖެ އެވެ.

މަރުވެފައި އޮތް މީހަކު ފެނިފައިވާކަން އެ ސިޓީގެ ކައުންސިލުން ވަނީ "ދެން އޮންލައިން" އަށް ޔަގީންކޮށްދީފަ އެވެ.

ކައުންސިލުގެ މެންބަރަކު ވިދާޅުވީ އެ ސިޓީގެ އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:25 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށެވެ.

Advertisement
HDC — Sidebar (box)

މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ސިޓީ, ޑެއިޒީފެހި, އުމުރުން 36 އަހަރުގެ މުހައްމަދު ހަސަނެވެ.

އެ މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމެއް އަދި ނެތް ކަމެއްވެސް މިހާތަނަށް ޔަގީންވެފައެއް ނުވެ އެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ސިޓީގެ ފަޅުތެރެއިން ހަބަރުހުސްވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް