Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް، އަދި މީހަކު ހައްޔަރު ނުކުރޭ

ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށް، އަދި މީހަކު ހައްޔަރު ނުކުރޭ
އިއްޔެ ހެނދުނު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާ މޫސާ (50އ) މަރުގެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުންގެ ތަހުގީގަށް ބޭނުވާ ޓެސްޓްތައް ހެދުމަށް ޒަކިއްޔާގެ ހަށިގަނޑު ރޭ ދަންވަރު މާލެ ގެނެސްފައިވާއިރު މީޑިއާތަކަށް މިއަދު ފޮނުވި މެސެެޖެއްގައި ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓުމޯޓަމް ހަދަން ފޮނުވަންކަން އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ. އިއްޔެ ހެނދުނު ޒަކިއްޔާ ދިރިއުޅެމުން އަންނަ އެ ރަށު ނިއުލައިފް ގޭގެ ގުދަނުގެ ތެރޭގައި ޒަހަމްތަކަކާއެކު އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ކުނި ނަގަން ދިޔަ ބަޔަކަށެވެ. އޭނާގެ ކައިރީގައި ވަޅިއެއް އޮތްއިރު ގިނަ އަދަދަކަށް ލޭވެސް ހުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެ އެވެ. ޒަކިއްޔާގެ ބޮލުގައި ޒަހަމްތަކެއް ލިބިފައިވާއިރު ވަޅިން ކަރަށް ދީފައިވާ ހަމަލާއިން ނޭވާ ހޮޅިވެސް ބުރިވެފައިވާކަން ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހަކު ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލާގެ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން ހޮޅުދޫއަށް ގޮސްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް