Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގާ އަތްލި މީހަކު 10 އަހަރަށް ޖަލަށް!

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގާ އަތްލި މީހަކު 10 އަހަރަށް ޖަލަށް!

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގާ އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އެ ހުކުމްކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު, ޝެހެނާޒް, މުހައްމަދު އަލީގެ މައްޗަށެވެ. މުހައްމަދަށް އެ ހުކުމްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއިންނެވެ. މުހައްމަދުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ 2020 ވަނަ އަހަރު އެވެ.
ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެއް ނުވެ އެވެ. އަދި ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގައި ތަފުސީލާ ކުއްޖާގެ ވަނަވަރު ހާމަކުރުން ގާނޫނުގައި މަނާކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް