ޚަބަރު ސިއްޙަތު

ވޭޕް އާއި އީ-ސިނގިރޭޓް މަނާކުރަން ރައީސް އަރިހުގައި އެދިއްޖެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް ހަތް ޖަމިއްޔާއެއް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އެންސީޑީ އެލަޔަންސްއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ. އެ އެލައިންސުން އެގޮތަށް އެދިފައި ވަނީ މިއަދު ރައީސަށް ފޮނުވި ހާއްސަ ސިޓީއެއްގަ އެވެ.

Ads by Hajj Corporation

މޯލްޑިވްސް އެންސީޑީ އެލަޔަންސްއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަަސައްކަތްކުރާ ނެޝަނަލް އެލަޔަންސްއެކެވެ.

މި އެލަޔަންސްގެ މަގުސަދަކީ ރާއްޖޭގެ އެންމެހާ ތަރައްގީގެ ސިޔާސަތުތަކެއް ބައްޓަން ކުރުމުގައި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އޭގެ އަސާސެއްގެ ގޮތުގައި ހިމެނުމަށް ބާރު އެޅުމެވެ.

އެލަޔަންސްގައި ހިމެނޭ ޖަމިއްޔާތަކަކީ ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް، ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް، ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ، މެންޓަލް ހެލްތް އެވެއަނަސް ފައުންޑޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސެބިލިޓީސް ހިމެނެ އެވެ. އޮނަރަރީ މެމްބަރަކީ މޯލްޑިވިއަން ރެޑްކްރެސެންޓެވެ.

ރާއްޖޭގައި ސިއްހަތަށް އެންމެ ބޮޑު ބުރައެއް ގޮތުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކެވެ. ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން ދުނިޔެ ދޫކުރަން ޖެހިފައި ވަނީ ގައިންގަޔަށް ނާރާ ބައްޔެއް ކަމުގައި ތަފާސް ހިސާބުތަކުން ދައްކަ އެވެ. ދުންފަތާއި ދުންފަތުގެ ބާވަތްތައް ހިމެނެނީ ގައިންގަޔަށް ނާރާ ބަލިތައް މެދުވެރިކުރާ އެންމެ ބޮޑު ހިރާސް ކަމުގަ އެވެ.

ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓްގެ އިސްތިއުމާލުން ލިބޭ ސިއްހީ ގެއްލުންތައް ވަނީ އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށެވެ. ކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުވާލައި އެ އެލަޔަންސްއިން ބުނީ ވޭޕް އަދި އީ-ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު، ރާއްޖޭގައި އެ ތަކެތި އިސްތިމާލުކުރުން ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުވެފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މި ދެ ބާވަތުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަގުނަ ކަމަށެވެ. އެގޮތުން ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީ ގޮތުން ނޭދެވޭ އެތަކެއް އަސަރުތަކެއް ވޭޕް އަދި އީ-ސިނގިރެޓްގެ ސަބަބުން ހަށިގަނޑަށް ކުރަމުންދާ ކަމަށެވެ.

އާބާދީ ބޮޑު އިންޑިއާ އަދި ތައިލެންޑް ފަދަ ގައުމުތަކާ އެކު، ދުނިޔޭގެ 34 ގައުމެއްގައި ވޭޕް ވަނީ މުޅިން މަނާކޮށްފަ އެވެ.

އެންސީޑީ އެލަޔަންސްއިން ވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖޭގައި މަނާކުރަން އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ ޒުވާނުން މަސްތުވާތަކެއްޗަށް ދެވި ހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ވެސް އެ އެލަޔަންސްއިން ދެކެ އެވެ.

Ads by HDC
  1. ޢަލީ ޒާހިރު . 9992741

    ޜާއްޖޭގަ ދުނަފަތް މަނާ ކުރުން އެއީ ބުއްދިވެރި ކަމެއް ކަމަކައް އަޅުގަނދު ނުދެކެން. ޏަމަވެސް އެވެއާނެސް ޕްރޮގްރާމް ތައް ކުރިޔައް ގެންގޮސް މިކަން ކުއްޓިވަން މާރަނގަޅު ވާނެ. ދުންފަތް ނުވަތަ ވޭޕް ރާއްޖެ ވިޔަފާރީގެ ގޮތުގަ އެތެރެ ކުރުން ރަނގަޅު ކަމައް އަޅުގަނޑައް ފެނޭ.

    ޢޭރުން ތިކަންކަމާ ބެހޭ އިދާރާ ތަކުން ބޭކާރު މުވައްޒަފުން މަދު ކުރެވޭނީ އެހެންނޫނީ އެކުރެވެނީ ބޭކާރު ހަރަދެއް. ބޭކާރު ހަރަދު ކުރުމަކީ މުޅި މުޖުތަމަޢު އައް އޮތް އަނެއް ނުރައްކާ.

    ޝުކުރިއްޔާ.